އަންނަ ރަމަޟާން މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރަމަޟާން މަހަށް ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެވޭތޯ އެޕާޓީން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެކަމަށްޓަކައި ޕާޓީގެ ހުރިހާ ރިސޯސެއް ބޭނުންކުރަމުން ދާކަމަށާއި ރަމަޟާންމަހު ރައީސް ޔާމީނަށް ޢާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.
11 އަހަރުގެ ޖަލު ހުކުމެއްގައި މިހާރު ހުންނެވި ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އެމަނިކުފާނުގެ ޙުކުމް ހައިކޯޓުގައި މިއަދު ވަނީ އިސްތިއުނާފްވެސް ކޮށްފައެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ މި މާރޗްމަހު ރައީސް ޔާމީން މިނިވަން ވާނެކަމުގެ އުއްމީދު ބޮޑުކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވާކަމަށެވެ. ނަމަވެސް ކޯޓުތަކުން އެ މައްސަލައިގެ އިސްތިއުނާފް ލަސްކުރުމަށް ހުރަސްތައް ކުރިމަތިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރުގެ މުއްދަތަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް، ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނުގެ ވަކީލުން އޮތީ އެހުކުމްތައް އިސްތިއުނާފަށް ހުށަނާޅައެވެ.
އިސްތިއުނާފު މަރުހަލާގައި ރައީސް ޔާމީން މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ގާނޫނީ ޓީމުންވަނީ މީގެ ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު