ކަންތައްތައް ކާމިޔާބު ކުރެވޭނީ ވީހާވެސް ގިނަބަޔަކާ އެކުގައި ކުރިއަށް ގޮސްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވާކަމަށް އެޕާޓީގެ ނައިބު ލީޑަރ އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.
ސަޢުދު މިމޭރުމުން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް މާބޮޑު "ޗެލެންޖަކަށް" ވާނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ސަޢުދު ވިދާޅުވީ އޯވަރ ކޮންފިޑެންސް ވުމަކީ މީހާ ހަލާކުކޮށްލާ ކަމެއް ކަމަށެވެ. އަދި ތަފާތު ފިކުރުގެ ގިނަ މީހުންނަށް ޖޭޕީގެ ދޮރުތައް ހުޅުވިފައިވަނީ ގިނަ މީހުންނާއެކު ގުޅިގެން މަސައްކަތް ކުރުމުން ލިބޭ ނަތީޖާ ރަނގަޅުވާނެ ކަމަށް ޖޭޕީގެ ލީޑަރ ޤާސިމް ޤަބޫލުކުރަށްވާތީ ކަމަށް ސަޢުދު ވިދާޅުވިއެވެ.
ސަޢުދު ވަނީ ހުރިހާ ބޭފުޅުންވެސް ޖޭޕީއަށް ގުޅިވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ.
“ޖޭޕީގެ ލީޑަރ ވިދާޅުވަނީ ކަމެއް ކާމިޔާބު ކުރެވޭނީ ވީހާވެސް ގިނަ ބަޔަކާ އެކު ކަމަށް.” ސަޢުދު ވިދާޅުވިއެވެ.
ރައީސްއޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމަކީ ރައީސަށް މާބޮޑު މައްސަލައެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ރައީސް ސާލިހަށް ދައްޗެއް ކުރިމަތިނުވާނެކަމަށެވެ.
"ރައީސްއަށް ޗެލެންޖެއް ނޫން އެއީ. ރައީސްއާ ބައިވެރިވެގެން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއެކު ވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތް." މިއުވާން ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަކިކުރުމާއި ގުޅޭގޮތުން މިއުވާން މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރޭ ހިސާބުން އެ ޕާޓީގެ ލީޑަރޝިޕާއެކު ރައީސް ސާލިހު މަޝްވަރާތައް ފަށާނެކަމަށެވެ. ހަމައެއާއެކު ދެ ރިޔާސީ ކެނޑިޑޭޓުން ތިބެގެން ކުރިއަށްދާން ދަތިވާނެކަން މިއުވާން ވަނީ ފާހަގަކުރައްވާފައެވެ.

Over confidence akee insaanaa halaaku kohlaa kameh! JP leader vidhaalhuvanee kameh kaamiyaabu kureveynee veehaaves gina bayakaa eku kamah. Emme beyfulhunah JP ah Maruhaba! @MvSpokesperson pic.twitter.com/ZNRqxGsq2I
— Ahmed Saud (@ammadaysaud) March 16, 2023
ރައީސްއޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމަކީ ރައީސަށް މާބޮޑު މައްސަލައެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ރައީސް ސާލިހަށް ދައްޗެއް ކުރިމަތިނުވާނެކަމަށެވެ.
"ރައީސްއަށް ޗެލެންޖެއް ނޫން އެއީ. ރައީސްއާ ބައިވެރިވެގެން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއެކު ވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތް." މިއުވާން ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަކިކުރުމާއި ގުޅޭގޮތުން މިއުވާން މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރޭ ހިސާބުން އެ ޕާޓީގެ ލީޑަރޝިޕާއެކު ރައީސް ސާލިހު މަޝްވަރާތައް ފަށާނެކަމަށެވެ. ހަމައެއާއެކު ދެ ރިޔާސީ ކެނޑިޑޭޓުން ތިބެގެން ކުރިއަށްދާން ދަތިވާނެކަން މިއުވާން ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު