ބޭނުންވަނީ މިދާމަގުންގޮސް އެމްޑީޕީއަށް 2023 ކާމިޔާބު ކޮށްދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދު ވިދާޅުވެއްޖެއެވެ.

މެންބަރު ޙަސަން އަޙްމަދު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލު ކުރަށްވާފައެވެ. ރައީސް ޞާލިޙާ ބައްދަލު ކުރެއްވުމަށްފަހު ޙަސަން އަޙްމަދު ވިދާޅުވީ މުޅި ރ. އަތޮޅާމެދު ރައީސް ޞާލިޙް ގެންގުޅުއްވާ ތަޞައްވުރު މިއަދު އިތުރަށް ސާފުވެގެން ދިޔަ ކަމަށެވެ.

ރައްޔިތުންނަށް ކުރިއަށް އޮތީ އުފާފާގަތި ދުވަސްތަކެއްކަން ފާހަގަ ކުރަށްވަމުން ހަސަންޓޭ ވިދާޅުވީ ރައީސްގެ އަރިހުން ލިބިގެންދިޔަ އެންމެ ބޮޑު ޔަޤީންކަމަކީ މަޝްރޫޢުތައް، ހުއްޓުމެއްނެތި ހިނގަމުން، ނިމެމުން ދާނެކަން ކަމަށެވެ.

“ބޭނުންވަނީ ދާމަގުން ގޮސް އެމްޑީޕީ 2023 ކާމިޔާބު ކުރުން.” ޙަސަންޓޭ ވިދާޅުވިއެވެ.

ޙަސަންޓޭ މިމޭރުމުން ވިދާޅުވެފައިވާއިރު މީގެ ކުރިން ޙަސަންޓޭއަކީ ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން ޙަސަންޓޭވަނީ ރައީސް ނަޝީދުގެ ފެކްޝަން ދޫކުރަށްވައި ރައީސް ޞާލިޙާއެކު ސިޔާސީ މަސައްކަތްތައް ފައްޓަވާފައެވެ.

ހަސަންޓޭއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ފެއްޓެވި ބަރުލަމާނީ ނިޒާމުގެ މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު