ވެރިކަންކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި ބައިބައިވުންތަކެއް އޮތްހެން ހީވި ނަމަވެސް އެމްޑީޕީ ބައިބައިވެގެން ނޫޅޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.
ރީކޯ ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތްކަމަށާއި، އެއީ ސިޔާސީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށެވެ. އެގޮތުން އެމްޑީޕީގެ 17 އަހަރުގެ ދިގު ތާރީޚުގައި ޕާޓީގެ ރައީސް ބޭނުންވެގެން މެމްބަރުން ބޭރުކުރި ކަމަށާއި އެހެންނަމަވެސް މިހާރު ބަޔަކު ހިތްހަމަނުޖެހިގެން އުޅުނު ނަމަވެސް އެމްޑީޕީ ބައިބައި ވެގެން ނޫޅޭކަމަށެވެ.
ރީކޯ ވިދާޅުވީ އަބަދުވެސް އެމްޑީޕީއާމެދު ހިތްހަމަ ނުޖެހިގެން މެމްބަރުން ވާހަކަ ދައްކާ ކަމަށެވެ.
"މިހާރު ވެސް ބަޔަކު ހިތްހަމަނުޖެހިގެން އުޅުނަސް އެމްޑީޕީ ބައިބައި ވެގެން ނޫޅޭ، ބަޔަކުއުޅެނީ އެގޮތަށް ދައްކަން، އެމްޑީޕީ ފަޅިއެއް ނުކުރެވޭނެ" ރީކޯ ވިދާޅުވިއެވެ.
މީގެ ކުރިން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ވެސް ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ވެސް ބާރުވެރިކަން ހޯދުމުގެ އަޒުމު އޮންނާނެ ކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން ހިނގާ ބައެއް ކަންކަން ހުންނާނެ ކަމަށާއި އެހެންނަމަވެސް އެމްޑީޕީތެރޭ އެއްވެސް ބައިބައިވުމެއް ނެތްކަމަށް ފައްޔާޒު ވެސް ވިދާޅުވިއެވެ.
ރީކޯ އާއި ފައްޔާޒު މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ޢަމަލު ކުރާނެ ގޮތެއް ނިންމަވާނީ ފަހުންކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު