އެމްއާރުއެމުން ވެސް ކޯލިޝަނުން ވަކިވާން ބޭނުމިއްޔާ ލަސްނުކޮށް އަވަހަށް އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރުމަށްއެދިވަޑައިގެން ރައީސް ޞާލިހު ވަނީ އެމްއާރުއެމްގެ ޒަޢީމް ކުރީގެ ރައީސް މައުމޫނަށް ސިޓީފުޅެއް ފޮނުއްވާފައެވެ. ނަމަވެސް އެމްއާރުއެމުން އެސިޓީގެ ޖަވާބު މިހާތަނަށް ދީފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު އިއްޔެވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ އެމްއާރުއެމުން ސަރުކާރު ކޯލިޝަނުން ވަކިވާން ބޭނުންނަމަ ދިއުޅި ދިގުނުކޮށް ވަކިވާން ވީކަމަށެވެ. އަދި އެމްޑީޕީން ފާރިސް މައުމޫނަށް ރަނިންމޭޓުކަން ނުދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެމްއާރުއެމުން ވެސް ވަކިވާން ބޭނުމިއްޔާ ދިއުޅި ދިގުނުކޮށް އަވަހަށް ވަކިވީމަ ނިމުނީ. އެމްޑީޕީ އަކުން ފާރިސް މައުމޫނަކަށް ރަނިން މޭޓްކަމެއް ނުދޭނެ. އެޔަކީ ވާނެ ކަމެއްނޫން." ޝަރީފް ވިދާޅުވިއެވެ.



ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ މެމްބަރުން ސިޔާސި މަގާމުތަކުން އިސްތިއުފާ ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ރައީސްއޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދުވެސް ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމަކީ ރައީސަށް މާބޮޑު މައްސަލައެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ރައީސް ސާލިހަށް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން