މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފް
މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފް
މިނިސްޓްރީތަކުގެ މައްޗަށް ވަކި ގޮތަކަށް އަމަލު ކުރަން އަންގާ ގޮތަށް ރައްޔިތުންގެ މަޖިލީހުން "ޝަރުއީ ހުކުމްތަކެއް" ނުކުރެވޭނެ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވެއްޖެއެވެ.

ކުޅިވަރު ގާނޫނާ އެއް ގޮތަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ފިޔަވަޅު އަޅާފައި ނުވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށައެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެފްއޭއެމާއި ސްޕޯޓްސް މިނިސްޓްރީން ގާނޫނުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭނަމަ ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެއްވެސް ވުޒާރާއަކުން ނުވަތަ މުއައްސަސާއަކުން ގާނޫނާ ހިލާފުވެއްޖެ ކަމަށް މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އެފްއޭއެމަށް ފިޔަވަޅު އަޅަން ގޮވާލާފައިވާ އެ މައްސަލާގައި ހިމެނޭ ކަންކަމަކީ ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށްވެސް އައްޑޫ ޝަރީފް ވިދާޅުވިއެވެ.

"ޝަރީއަތް ކޮށްގެން ގާނޫނާ ހިލާފު ވެއްޖެ ކަމަށް ވަކި ވަޒީރެއްގެ މައްޗަށް، ސަރުކާރުގެ ވަކި ވުޒާރާއަކަށް ވަކި ގޮތަކަށް ވަކި ކަމެއް ކުރަން ލާޒިމުކޮށް އަމުރު ކުރަން މި ތަނަށް މައްސަލަ ހުށަހަޅައިގެން ވަލު ދޮރާށިން ކަން ކުރާ ގޮތް ކަމަކު ނުދޭ." ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި ޝަރީފް ވިދާޅުވިއެވެ.

"ވަކި އަމުރެއް ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ކުރުމަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ. ގާނޫނެއް ފާސް ކުރެވިދާނެ ވަކި ގޮތަކަށް އަމަލު ކުރަން. ގާނޫނެއް ފާސްކުރަން ހުށައެޅުން އަޅުގަނޑަށް މައްސަލައެއް ނެތް. ވަޒީރަކަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅިއަސް އަޅުގަނޑުގެ މައްސަލައެއް ނެތް. ސަރުކާރުގެ ވަކި ވުޒާރާއަކަށް ވަކި ކަމެއް ވަކި ގޮތަކަށް ލާޒިމުކޮށް އަމުރު ކުރަން މިތާ މައްސަލައެއް ހުށައަޅައިގެން ވަލު ދޮރާށިން ވަންނަ ވަނުމަކީ ދިވެހި ރާއްޖޭގެ އޮތް ޖުމްހޫރިއްޔާގެ ތިން ބާރު ވަކިކުރެވިފައި އޮތް ގާނޫނު އަސާސީ ތަންދޭ ކަމެއް ނޫން." އައްޑޫ ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ނެތް ބާރުތައް ނަގައިގެން މަޖިލިސް ހިންގަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު މިއަދުވެސް ވިދާޅުވީ މަޖިލީހަށް ނެތް ބާރުތަކެއް މަޖިލީހަކަށް ނުނަގާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން