ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ ފަރުމާ ރީތި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައީސް ނަޝީދު ތައުރީފް ކުރެއްވީ ހިތްޕުޅުގައި ޖެހުނުވަރު ބޮޑުވެގެންތޯއޭ އައްސަވައި ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް މީސް މީޑިއާއަށް ސުވާލެއް ދޫކޮށްލައްވައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އިއުލާން ކުރެއްވި މަޝްރޫއެކެވެ. ޕީޕީއެމް ސަރުކާރުގައި ފަރެސްމާތޮޑާ އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށިނަމަވެސް ވަކި ހިސާބަކުން އެމަސައްކަތް އޮތީ ހުއްޓިފައެވެ. އަދި ފަހުން ރައީސް ޞާލިޙްގެ ސަރުކާރުގައި އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށް މަސައްކަތް ނިންމައި ހުޅުވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ.

ފަރެސް މާތޮޑާ އެއަރޕޯޓް ހުޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ އެއަރޕޯޓް ޑިޒައިން ވަރަށް ރީތި ކަމަށެވެ. އަދި ފަރެސް މާތޮޑާ އެއާޕޯޓު ފަރުމާކޮށްފައިވާ ގޮތުން ވެލާނާ އެއަރޕޯޓުވެސް ސިފަ ކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ނުސީދާ ގޮތަކަށް މިނިސްޓަރ އަސްލަމްވަނީ "ހިތުގައި ޖެހުނީތޯ"އޭ އެއްސެވުމަށްފަހު މީސް މީޑިއާއަށް ސުވާލެއް ދޫކޮށްލައްވާފައެވެ.



ފަރެސް މާތޮޑާ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހަފްލާފައި ފަރެސްމާތޮޑާ ކައުންސިލުންވެސް ވަނީ އެފަދަ މަޝްރޫއެއް އެރަށުގައި ފައްޓަވައި ދެއްވުމުން ޔާމީނަށް ޝުކުރު އަދާކުރައްވާފައެވެ.

1200 މީޓަރުގެ ރަންވޭއެއް ހިމެނޭ ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢުއަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު


-2

1206

18-Mar-2023

ތައުރީފު ހައްގު މަގާމުގައި ތައުރީފު ކުރަންވާނެ.



ޓްރެންޑިން