ދުނިޔޭގެ މާލީނިޒާމަށް 2008 ވަނަ އަހަރު ދިމާވިފަދަ ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގައި އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ޤައުމުތަކުގެ ބޭންކުތަކަށް އެކިކަހަލަ މާލީ ގޮންޖެހުންތައް ދިމާވަމުންދާ ކަމަށެވެ. އެގޮތުން އެމެރިކާގެ ބޭންކަކާއި، ސުވިސް ބޭންކާއި ޔޫރަޕްގެ ބައެއް ބޭންކުތަކަށް ނުތަނަވަސްކަމާއި މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަވައްޓެރި ސްރީލަންކާއަށް ރިކަވަރީ ޕެކޭޖެއް ހަމަޖެހިގެންދާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެޤައުމުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމޭރުމުން މިއަދު ވާހަކަފުޅު ދައްކަވާފައި ވާއިރު، ޖީއެސްޓީ ބޮޑުކުރުމާއެކު މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު