ކުޅިވަރު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވައިފިއެވެ.
ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް މަޖިލީހަށް ހުށައެޅުއްވި މި އިސްލާޙަކީ، ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ފުށުނާރާ ގޮތަށް ހަމަޖެއްސުމަށްޓަކައި ހުށައެޅި އިސްލާހުތަކެއް ކަމަށް ޢަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ.
ކުޅިވަރުގެ ޤާނޫނަށް އިސްލާޙު ހުށައެޅި މަޤްސަދުގެ ތެރޭގައި ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހުރިހާ އުމުރުފުރާތަކެއްގެ ކުޅިވަރުގެ އެންމެހާ ހަރަކާތްތައް އެއް އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރުން ހިމެނެއެވެ. އެގޮތުން ރާއްޖޭގެ ޤައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވޭނީ ސްކޫލް ކުޅިވަރު، ވާދަވެރި ނޫން ކުޅިވަރު ވާދަވެރި ކުޅިވަރުގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ. އަދި ޤައުމީ ކުޅިވަރުގެ އޮނިގަނޑުގެ މަގްސަދުތައް ވަނީ އެ މާއްދާގައި ތަފްސީލްކޮށްދީފައެވެ.
ޤާނޫނަށް ހުށައެޅި އިސްލާޙުތަކުގެ ތެރޭގައި އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އާއި 2 ވަނަ މާއްދާގެ (ހ) އާއި (ފ)، ތިން ވަނަ މާއްދާގެ ފެށޭ އިބާރާތާއި، ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށާއި، 4 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުން ހިމެނެއެވެ.
2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް ގިނަ އިސްލާޙްތަކެއް ހުށައަޅާފައިވާއިރު އެޤާނޫނު ބައްޓަންކޮށްފައިވަނީ ކުޅިވަރު އެސޯސިއޭޝަންތަކަށް ޤާނޫނީގޮތުން ގިނަ ބާރުތަކެއް ލިބޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު