ސަރުކާރު ކުންފުނިތަކުގެ ބޭނުމަކީ ވަޒީފާގެބާޒާރު ބެލެންސްކޮށް ތަރައްގީގެ ސްޕީޑް އަވަސްކުރުން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރ ކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށައެޅުއްވި ޤަރާރަށް ބަހުސް ކުރަށްވަމުންނެވެ. ޝިފާއު މިއަދު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ އަމާޒަކީ މާލީ ފައިދާ އިތުރުކުރުން ނޫން ކަމަށާއި އެ ކުންފުނި ތަކުގެ ބޭނުމަކީ ސަރުކާރުގެ ލަނޑުދަނޑިތައް ޙަސިލުކުރުމަށް އެހީތެރިކަން ދިނުން ކަމަށެވެ.
ޝިފާއު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން ތަރައްޤީގެ މަޝްރޫޢުތަކުގައި ކުރަމުންދާ މަސައްކަތުގެ ސަބަބުން ސަރުކާރުން ޙާސިލްކުރުމަށް ބޭނުންވާ ތަރައްޤީގެ ލަނޑުދަނޑިއަށް ވާސިލުވުމުގެ ދުވެލި ހަލުވިވެގެންދާ ކަމަށެވެ. އެގޮތުން މިސަރުކާރުގައި ކުރަމުންދާ އުމްރާނީ ގިނަ މަސައްކަތްތަކެއްގައި ސަރުކާރު ކުންފުނިތަކުގެ ޙިއްސާ ބޮޑު ކަމަން ޝިފާއު ފާހަގަކުރެއްވިއެވެ.
ޝިފާއު ވިދާޅުވީ މިއަދުގެ ޙަޤީޤަތަކީ ސަރުކާރު ކުންފުނިތަކުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރު ބެލެންސް ކުރެވި، ޢުމްރާނީ ތަރައްޤީގެ ސްޕީޑް އަވަސްވުން ކަމަށެވެ.
މިހާރު ސަރުކާރުން ކުރިއަށް ގެންދާ ބިންހިއްކުމާއި، ބަނދަރު ހެދުމާއި ނަރުދަމާގެ މަސައްކަތްތައް އަމިއްލަ ކުންފުނިތަކުން ކުރާނަމަ މިހާރު ކުރިއަށްދާ ސްޕީޑްގައި އެ މަސައްކަތްތައް ނުކުރެވުނިސް ކަމަށް މަޖިލީހުގައި މިއަދު ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު