ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ރިޖެކްޓްވާ މިންވަރު ނުބައްލަވާ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ރިޖެކްޓްކުރާ މަހުގެ މިންވަރު އޮޅުންފިލުވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް މިނިސްޓަރ ދެއްވި ޖަވާބު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
މިނިސްޓަރ ޑރ. ޙުސައިންގެ ޖަވާބުގައި ވިދާޅުވެފައިވަނީ، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ރިޖެކްޓްވާ އަދަދުތަކަކީ ފިޝަރީޒު މިނިސްޓްރީން ހޯދައި ރިކޯޑް ކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ 70 އިންސައްތަ އަކީ ގަނޑުކޮށްގެން ތައިލެންޑަށް ވިއްކާ މަސްކަން 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ފާހަގަ ކުރެވޭ ކަމަށެވެ.
މިނިސްޓަރުގެ ޖަވާބާމެދު ހިތްހަމަ ނުޖެހޭކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ މަހުގެ ރިޖެކްޝަން ލެވަލާއި، އެކްސްޕޯޓް ކުރާ މަހުގެ އިންވޮއިސްތަކަށް ނުބަލާނަމަ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް އިތުރަށް ބަލާނެ އެއްޗެއް ނޯންނާނެ ކަމަށެވެ. އެގޮތުން އެތައް ސަތޭކެ ޓަނެއްގެ މަސް ތައިލެންޑްގެ ކޯލްޑް ސްޓޯރޭޖާ ހަމައިން ރިޖެކްޓް ވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވާކަމަށް ބޮންޑޭ މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު