ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ކެންޑިޑޭޓަކު ފެނުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް އެޕާޓީގެ ރައީސް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްއާރުއެމުން މިހާރު ވަނީ ޖުމްހޫރީ ޕާޓީ އާއި، އެމްޑީޕީއާއެކު ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. އެކަމާ ގުޅިގެން ފާރިސް ވިދާޅުވީ، އެޕާޓީން ދަނީ މަސްރަޙު ދިރާސާކޮށް ކުރިއަށް ދެވެންހުރި މަގުތައް ހޯދަމުން ކަމަށާއި މިވަގުތު ވަކި ނިންމުމެއް ނެތް ކަމަށެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ފާރިސް މައުމޫނަކީ ގާބިލް ބޭފުޅެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވުމާ ގުޅިގެން ފާރިސް މިއަދު ވިދާޅުވީ، ޤާސިމްގެ ހެޔޮ ބަސްފުޅަށްޓަކައި ޝުކުރުއަދާކުރާ ކަމަށެވެ. ނަމަވެސް އެފަދަ މަޝްވަރާއެއް ކުރިއަށް ނުދާކަމަށް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ހުރި އޮޕްޝަންތައް ބަލަމުން. އެމްއާރުއެމްގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނިކުތުމުގެ ފުރުސަތުވެސް އެބަ އޮތް." ފާރިސް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ އެޕާޓީގެ އުސޫލުތައް ދޫކޮށްލާފައި އެއްވެސް ބަޔަކާ ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އެމްއާރުއެމް އަކީ ސަރުކާރު ހިންގާ އެމްޑީޕީ އިއްތިހާދުގެ މުހިންމު ބައިވެރިއެކެވެ. އެޕާޓީން އިއްޔެ ވަނީ ރައީސް ޞާލިޙާއި ބައްދަލު ކުރަށްވައި އެޕާޓީގެ ބައެއް ކަންބޮޑުވުންތައް ޙިއްސާ ކޮށްފައެވެ.

އޭގެ އިތުރުން އެމްއާރުއެމްގެ ލީޑަރޝިޕުން މިއަދު ޖުމްހޫރި ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާވެސް ވަނީ ބައްދަލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް