އިލްހާމް އަޙުމަދު (ކ)
އިލްހާމް އަޙުމަދު (ކ)
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަޙުމަދު އަދި ޤާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަޤާމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުالله އަޙުމަދު (އަބުޅޯ) މިއަދު އައްޔަންކޮށްފިއެވެ.

އެދެބޭފުޅުން މަޤާމުތަކަށް ޢައްޔަނުކުރުމަށް ނިންމާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގައެވެ. އިލްހާމާއި، އަބުޅޯ އަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެއްވި މަޝްހޫރު "12 މެމްބަރުން"ގެ ތެރޭގައި ހިމެނިވަޑައިގެންނެވި ދެބޭފުޅުންނެވެ.

އިލްހާމް މީގެ ކުރިން ހުންނެވީ ޤާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަޤާމުގައެވެ. އަދި އަބުޅޯ އަކީ ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލައި އެޕާޓީގެ ޤައުމީ ޖަލްސާއަށް ޤަރާރު ހުށައެޅުއްވި މެންބަރެވެ.

ޖުމްހޫރީ ޕާޓީން ދަނީ އެޕާޓީގެ އެތެރޭގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އެ ޕާޓީން ސިޔާސީ އިސް ލީޑަރުންނާއެކު ސިލްސިލާ ގިނަ ބައްދަލުވުންތަކެއް ބާއްވަމުން ގެންދާއިރު ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމާއި، ރައީސް މައުމޫން މިއަދު ވަނީ ބައްދަލުކުރަށްވާފައެވެ.

ޖުމްހޫރީ ޕާޓީން މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި ރިޔާސީ ޕްރައިމަރީއަށްވެސް ހުޅުވާލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް