މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރާ ޖަލްސާ އަންނަ މެއިމަހުގެ 05 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ރޭ ބޭއްވި އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ތިންވަނަ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވާއިރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމެވެ.

އެމްއެންޕީގެ އަސާސީ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) އަދި ޕާޓީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ކުރިޔަށް ގެންދާނެ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ނާޒިމް އެކަންޏެވެ.

އެހެންކަމުން ޕްރައިމަރީއަކާނުލާ، އެޕާޓީގެ ރައީސް ކާނަލް ނާޒިމަށް ވަނީ ރިޔާސީ ޓިކެޓް ކަށަވަރުވެފައެވެ.

އެމްއެންޕީ އުފެއްދިތާ މާގިނަ ދުވަސްތަކެއް ނުވިނަމަވެސް ޕާޓީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ވެރިކަމަށް އައުންކަމަށް އެ ޕާޓީން ކުރިންވެސް އޮތީ ބުނެފައެވެ. އަދި ދަގެނތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ނާޒިމް ފުރަތަމަ ދުވަހުންފެށިގެންވެސް ވިދާޅުވީ އެޕާޓީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


4

އަލިބެ

23-Mar-2023

ނާޒިމްއާއި ޓިކެޓް ހަވާލު ކުރައްވަނީވެސް ނާޒިމް އެވެ. ވީމާ, ނާޒިމް ވާނީ ނާޒިމް ޕާރޓިގެ ކެންޑިޑޭޓް އަށެވެ.



ފަހުގެ ލިޔުންތައް