އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ނުލިބުނަސް ރިޔާސީ އިންތިހާބު ރައީސް ޞާލިޙަށް ކާމިޔާބުކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު އިއްތިހާދުވެފައިވާ ޕާޓީތަކުގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް ނަޝީދުގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ތާޢީދު ނުލިބުނަސް އިންތިޚާބު ކާމިޔާބުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ބޭނުން ރައީސް ނަޝީދުގެ ތާއީދު. ހަމަ ވަރަށް ބޮޑަށް ބޭނުން. އެހެން ނަމަވެސް އެ ނުލިބިއްޖެ ކަމަށް ވިޔަސްް އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބުކުރާނަން. އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ ރައީސް ނަޝީދާވެސް އެއްކޮށް ގޮސް މިކަން ކާމިޔާބުކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އިތުރު ޙަރަކާތެއް ސިޔާސީގޮތުން ކުރިއަށް ގެންދިއުމަކީ މިވަގުތު އެއްވެސް ވަރަކަށް ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ. އެއަށް ވުރެ އެމްޑީޕީ މާ ވަރުގަދަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް ފިޔަވަޅު އަޅަން ޖެހޭ ހާލަތަކަށް ގޮސްފިނަމަ އަޅަން ޖެހޭ ފިޔަވަޅެއް، ކޮންމެ ބޭފުޅަކާ ދޭތެރޭގައި ވެސް އަޅާނެ ކަމަށް ފައްޔާޒް މިއަދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ ފިކުރެެއްގެ ދިރުމުގެ ނަމުގައި އެޕާޓީގައި ވަކި ސިޔާސީ ޙަރަކާތެއް ކުރިއަށް ގެންދަވަމުންނެެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޝާލިޙަށް ތާއިދު ނުކުރަށްވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް