ރިސޯޓުތަކުގެ މެނޭޖަރކަމާއި، ހިއުމަން ރިސޯސް މެނޭޖަރ ކަމާއި، އެކައުންޓްސް މެނޭޖަރ ފަދަ މުހިންމު މަގާމުތައް ހަމައެކަނި ދިވެހިންނަށް ޚާއްސަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ޔޮޓްޓުއަރސް ކުންފުނީގެ ޗެއަރމަން ޢަބްދުﷲ ޖާބިރުގެ ޤަރާރުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައިޤަރުނު ވެފައިވާއިރު ރިސޯޓު މެނޭޖަރުންނާއި، ހިއުމަން ރިސޯސް މެނޭޖަރުންނާއި، އެކައުންޓްސް މެނޭޖަރު ފަދަ މުހިންމު މަގާމުތަކުގައި ގިނައިން ތިބީ ބިދޭސީންކަމަށެވެ. އެހެންކަމުން މިމަޤާމުތަކަށް ބޭނުންވާ އިންސާނީ ވަސީލަތް ދިވެހިންގެ ތެރެއިން ތަރައްޤީކުރުމަކީ އިސްކަންދޭންޖެހޭ ކަމެއްކަމަށް ޖާބިރުގެ ޤަރާރުގައިވެއެވެ.
ޤަރާރުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްމަޤާމުތަކުގައި ބޮޑު މުސާރައިގައި ބިދޭސީން ތިބުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް މެންބަރުން ދެކޭ ގޮތެއް ހާމަވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އޭގެ އިތުރުން މި މަޤާމުތަކަކީ ސީދާ ދިވެހިން އިސްވެ ތިބެންޖެހޭ މަގާމުތަކެއްކަމުގައި ދެކޭ ކަމަށް ޖާބިރުގެ ޤަރާރުގައި ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މިޤަރާރު މަޖިލީހަށް ތައާރަފު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު