ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަހުމަދު ގައިސް އައްޔަނުކޮށްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބުރައީސްކަން އަދާކުރެއްވި އަހުމަދު ގައިސް އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ 8 ވަނަ ދުވަހުއެވެ.

ނަމަވެސް މިއަދު ގައިސް ވަނީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަކަށް އައްޔަންކޮށްފައެވެ.

ގަައިސް މީގެ ކުރިން ވިދާޅުވެފައިވަނީ ބްރޯޑްކޮމްގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ސިޔާސީ ކަންކަމަށް ވަގުތު ހުސްކުރުމާއި ރައީސް ޞާލިޙްގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އަދި ބްރޯޑްކޮމްގައި ހުންނަވައިގެން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ރަނގަޅު ހިދުމަތްތަކެއް ކޮށްދެއްވުނު ކަމަށް ގަބޫލު ކުރާކަމަށްވެސް ގައިސް ވިދާޅުވިއެވެ.

އެޗްޑީސީގެ ޑީއެމްޑީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އާތިފް މިހާރުވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަނު ކޮށްފައެވެ. އާތިފް މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރުމަށްފަހު އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަނުކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް