ނޫސްވެރިންގެ ދިފާޢުގައި ރައްޔިތުންގެ މަޖިލީހުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) މިއަދު ވަކާލާތު ކުރަށްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު މޯޑު ވިދާޅުވީ، އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ނޫސްވެރިކަން ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ. އެހެންކަމުން އެ އިސްލާހަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ އިސްލާހެއް ކަމަށް މޯޑު ވިދާޅުވިއެވެ.
މެންބަރު މޯޑު މިއަދު ވިދާޅުވީ މިހާރު ގާނޫނުގައި އޮތްގޮތް މާ ރަނގަޅު ކަމަށާއި، އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 41 ވަނަ މާއްދާއަށް އިސްލާހެއް ހުށައަޅަންޖެހޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. މޯޑު ވިދާޅުވީ ކޮންމެ ރަށެއްގައި ނޫސްވެރިއެއް ނުހުންނާނެ ކަމަށާއި އަދި ނޫހެއްވެސް ނުހިންގާނެ ކަމަށެވެ. ނޫސްތަކުން އިންތިހާބުތައް ކަވަރު ކުރަނީ އިންތިހާބުތަކަށް ރަށްރަށުން މީހުން ހޯދައިގެންކަމަށްވެސް މޯޑު ވިދާޅުވިއެވެ.
"އިސްލާހުގެ ސަބަބުން އިންތިހާބުތައް ކަވަރުކުރާ ނޫސްވެރިންނަށް ހުރަސްތަކެއް އެބަ އެޅިގެން ދޭ. އުނދަގޫތަކެއް ކުރިމަތިވާނެ." މެންބަރު މޯޑު ވިދާޅުވިއެވެ.
މޯޑު ވިދާޅުވީ މީޑިޔާތައް ރެގިއުލޭޓް ކުރާނެ މުއައްސަސާތައް ރާއްޖޭގައި އެބަހުރިކަމަށާއި އެކަމުގެ ތެރެއަށް އިލެކްޝަންސް ކޮމިޝަން ވައްދަން ނުޖެހޭނެ ކަމަށެވެ. އަދި ނޫސްވެރިންނަށް ތަމްރީނު ދޭން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މޯޑު ވިދާޅުވިއެވެ.
މިފަދަ މަސައްކަތްތަކުގައި ކަންކަން ވާންޖެހޭނީ ރަނގަޅު ކަމަށާއި، ނަމަވެސް އެ އިސްލާހުތައް އެގޮތަށް ނާންނަ ނަމަ އެދެވެނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށް މެންބަރު މޯޑު ވިދާޅުވިއެވެ.
ސަރުކާރުން އިންތިހާބުތަކާބެހޭ އާއްމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ވޯޓު ގުނާ ސަރަހައްދާއި ވޯޓުލާ މަރުކަޒުތަކުގައި މޮނިޓާކުރުމަށް ހަރަކާތްތެރިވެވޭނީ އިލެކްޝަނުން ހުއްދަދޭ އަދި ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް އެކަނިކަމަށް ހެދުމަށް ވަނީ ހުށައަޅާފައެވެ. އަދި އެފަދަ ނޫސްވެރިން އިލެކްޝަންސް ކޮމިޝަނުން ހިންގާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވާން ޖެހެއެވެ. އެކޮމިޝަނުން މިހާރު ވަނީ އެ ތަމްރީން ޕްރޮގްރާމް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު