އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ ރައީސް މައުމޫން ޑީއާރުޕީއަށް ހެއްދެވިގޮތް އެމްޑީޕީއަށް ހައްދަވަން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ފައްޓަވާފައިވާ ފިކުރެއްގެ ދިރުން ހަރަކާތަށް އިޝާރާތްކުރައްވައި ޝަރީފް މިއަދު ވިދާޅުވީ އެއީ ޕާޓީ ބައިބައިކުރަން ފަށާފައިވާ މަސައްކަތެއްކަމަށެވެ. އަދި ރައީސް ނަޝީދު މަސައްކަތް ކުރަށްވަމުން ގެންދަވަނީ ރައީސް މައުމޫން ޑީއާރުޕީއަށް ހެއްދެވިގޮތް އެމްޑީޕީއަށް ހެއްދެވުމަށް ކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ.
ޝަރީފު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވުމުން ޕާޓީގެ މެންބަރުންގެ ނިންމުމަށް ގޮންޖައްސަވައި ރައީސް ނަޝީދު މަސައްކަތް ކުރަށްވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ރައީސް ޞާލިޙްގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އެކަމުން އެނގެނީ ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ހަމަތައް ޤަބޫލުކުރައްވާ ބޭފުޅެއް ނޫންކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.
“އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން ރައީސް ނަޘީދު ކުރަށްވާ މަސައްކަތަކީ ޑީއާރުޕީ ފުނޑާލަން ރައީސް މައުމޫން ކުރެއްވި މަސައްކަތާ ވަރަށް އެއްގޮތަށް ކުރަށްވާ މަސައްކަތެއް.” ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދު ޖޭޕީއާއެކު ކުރައްވާ މަސައްކަތްޕުޅަކީ އެމްޑީޕީއަށް ދެރަދޭން ކުރަށްވާ މަސައްކަތެއްކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ އާންމު މެންބަރުންދެކެ ކޯފާވެގެން އެ މެންބަރުން ކިބައިން ބަދަލުހިފުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަކުރަށްވާފައެވެ.
ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް މުހިއްމުވަނީ ވެރިކަން ލިބުމެއް ނޫންކަމަށާއި، ވެރިކަން އެމަނިކުފާނު ފިޔަވައި އެހެން މީހަކަށް ލިބޭނަމަ ރައީސް ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީ ފުނޑައިލައްވަންކަމަށެވެ. އެހެންކަމުން ލަސްނުކޮށް އެކަމާމެދު އަވަސް ފިޔަވަޅު އެޅުމަށް ޝަރީފް މިއަދުވަނީ ގޮވާލައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުން" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ. ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއިދު ނުކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.

MDP Raees ge magaamu ga hunnavaigen @MohamedNasheed e kuravvaa masakkathakee DRP fudaalavvan MAG kurevvi masakkathaa varah eggothah kuravvaa masakkatheh.
— Ibrahim Shareef (@AdduShareef) March 23, 2023
ރައީސް ނަޝީދު ޖޭޕީއާއެކު ކުރައްވާ މަސައްކަތްޕުޅަކީ އެމްޑީޕީއަށް ދެރަދޭން ކުރަށްވާ މަސައްކަތެއްކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ އާންމު މެންބަރުންދެކެ ކޯފާވެގެން އެ މެންބަރުން ކިބައިން ބަދަލުހިފުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަކުރަށްވާފައެވެ.
ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް މުހިއްމުވަނީ ވެރިކަން ލިބުމެއް ނޫންކަމަށާއި، ވެރިކަން އެމަނިކުފާނު ފިޔަވައި އެހެން މީހަކަށް ލިބޭނަމަ ރައީސް ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީ ފުނޑައިލައްވަންކަމަށެވެ. އެހެންކަމުން ލަސްނުކޮށް އެކަމާމެދު އަވަސް ފިޔަވަޅު އެޅުމަށް ޝަރީފް މިއަދުވަނީ ގޮވާލައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުން" ނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ. ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއިދު ނުކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު