ރޯދަ މަހަކީ ﷲ އަށް ކުއްތަންވުމުގެ މައްސަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ރައީސް ނަޝީދު ވިދާޅުވީ ރޯދަ މަހަކީ ބަނޑުހައި ހޫނުކަމުގައި ތިބޭ ނިކަމެތިންގެ މަތިން ހަނދާންކޮށް އަޅާލަންޖެހޭ މައްސަރު ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިމައްސަރަކީ ހެޔޮ ގޮތުގައި ވަގުތު ހޭދަކޮށް ﷲ ގެ ކިބަފުޅަށް ކުއްތަންވުމުގެ މާތް މައްސަރު ކަމަށެވެ.

“މިއީ ފިތުރަތުގެ ސާފު ހަމަތަކަށް ތިމާގެ ހިތާއި ސިކުނޑި ގެންދާ މައްސަރު.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކޮށް އިސްލާމިކް މިނިސްޓްރީން ޢާއްމުކުރި ބަޔާނުގައިވެސް ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ޢަމަލުތައް އިތުރުކުރުމަށް މަސައްކަތް ކުރުމަށް އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް