އެމްޑީޕީގައިތިބި ސިޔާސީ ހަރުމީހުން ޕާޓީއާ ދުރަށްދަނީ އެހެން ޕާޓީތައް ރުއްސަން އެމްޑީޕީގެ ލީޑަރޝިޕުން ކުރާ މަސައްކަތުގެ ސަބަބުން ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާއިރު އެޕާޓީވަނީ މީގެކުރިން ދުވަހަކުވެސް ބައިބައި ނުވާވަރަށް ބައިބައިވެފައެވެ. އެގޮތުން ޕާޓީގެ ލީޑަރޝިޕާއި ގްރާސްރޫޓުންވެސް ފެންނަނީ އެމަންޒަރެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާ ވިދާޅުވީ އެމް.ޑީ.ޕީގައި ތިބި ސިޔާސީ މުފައްކިރުން ޕާޓީއާ ދުރަށްދަނީ އެމީހުންގެ ވިސްނުމުގެ ބޭނުން ކުރަން ޕާޓީގެ އިސް ސަފުން ބޭނުން ނުވާތީ ކަމަށެވެ. އެގޮތުން ޕާޓީގެ "ލީޑަރޝިޕުން" އަބަދުވެސް ދެކެނީ ލީޑަރޝިޕް ކޮންމެގޮތަކަށް ޢަމަލުކުރިޔަސް މެންބަރުންގެ ވޯޓް ލިބޭނޭކަމަށް ކަމުގައި އިބްރާ ވިދާޅުވިއެވެ.
އެހެންކަމުން އެހެންޕާޓީތައް ރުއްސުމުގައި ލީޑަރޝިޕްގެ ބޭފުޅުން އުޅުއްވަން ފެއްޓެވުމުން އެމްޑީޕީއަށް ގެއްލެނީ އެޕާޓީގެ ޙަޤީޤީ މެންބަރުން ކަމަށް އިބްރާ ވިދާޅުވިއެވެ. އިބްރާ ވިދާޅުވީ މިއީ މިއަދުގެ ކަމެއް ނޫން ކަމަށާއި އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް މެދުވެރިވަނީ މި ޙާލަތު ކަމަށެވެ.
“2008 ގައި ރައީސް ނަޝީދު އިންތިޚާބުވި ހިސާބުން ޕާޓީ އުފަންކުރުމުގައި މިނިވަން ވިސްނުން ގެންގުޅުނު ހުރިހާ މީހުން އެކަހެރި ކުރި. 2012 އިން 2018 އަށް އެމީހުން މުހިންމުވި. 2018 އިން ފެށިގެން އަނެއްކާވެސް އެކަހެރި.” އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސްތައް ހިފަހައްޓާނެ ބަޔަކު ޕާޓީގެ އިސްސަފުގައި ނެތްތާ ކިތަންމެ ދުވަހެއް ވެފައިވާ ކަމަށެވެ. އެފަދަ ޖާގައެއްވެސް ޕާޓީގައި ނެތުމުން އެމީހުން ތިބީ އެއްކައިރީގައި މަންޒަރުބަލަން ކަމަށް އިބްރާ ވިދާޅުވިއެވެ. ނަމަވެސް ކޮންމެ ޕާޓީއަކުން ވެރިކަން ހިންގިޔަސް، އެބަޔަކު ޤަބޫލުކުރާ މެނިފެސްޓޯއެއް ހިންގޭތޯ މަސައްކަތްކުރަންވާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.
“މައުމޫނީ ނިޒާމް ހިންގަން ކޮންމެހެން އިބޫ ބަހައްޓަނީ ކީއްކުރަން. މައުމޫނު މާ ރަނގަޅުވާނެނުން އެކަމަށް.” އިބްރާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގައި އިބްރާގެ ކޮއްކޮ ހުންނެވި ނަމަވެސް ފައްޔާޒަކީ ޕާޓީގެ ސިޔާސީ ކަންތައްތައް ނިންމަވަންޖެހޭ ފަރާތްނޫން ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ޕާޓީގެ ސިޔާސީބައި ހިންގަން އޮންނަނީ ޕާޓީގެ ރައީސާއި އިސްލީޑަރު ކަމަށްވެސް އިބްރާ ވަނީ ވިދާޅުވެފައެވެ.
އިބްރާ މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އިސްލީޑަރ ރައީސް ޞާލިޙާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ މެދުގައި ޚިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައެވެ. އެ ހިތްހަމަނުޖެހުންތަކުގައި ރައީސް ނަޝީދުވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާޢީދު ނުކުރަށްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު