ދެ މޫނާއެކު ދެކެވޭ ވާހަކައަށް އިތުބާރު ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ފާޑުވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ސިޔާސީ އިސްބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނިޒާރު ވިދާޅުވީ، ރައީސް ނަޝީދު ދެމޫނުގެ ވެރިއަކަށްވެ ހުންނަވައި ދައްކަވާ ވާހަކައަށް އިތުބާރު ނުކުރާނެ ކަމަށެވެ. އަދި އެމެސެޖު ރައީސް ނަޝީދަށް ރައްދުކޮށް ދެއްވުމަށްވެސް ނިޒާރު ވަނީ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބުގެ އަރިހުން އެދިވަޑައިގެންފައެވެ.
ނިޒާރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ނުލިބި ގަން އެއާޕޯޓްގެ ވާހަކަ ދެއްކެން ނެތް ކަމަށެވެ. އޭގެއިތުރުން ރައީސް އިބޫ އައްޑޫގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތްތައް ފުރިހަމަކުރެވޭނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިގެންކަމަށް ނިޒާރު ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް ދަންނަވައިދެއްވާ، ރައީސް އިބޫ އައްޑޫ ސިޓީގެ ތަރައްގީއަށް މި ކޮށްދެއްވާ ކަންކަން ފުރިހަމަވާނީ ދެވަނަ ދައުރެއް ދީގެނޭ. ދެމޫނާއިއެކު ދެކެވޭ ވާހަކައަށް އިތުރުބާރު ނުކުރެވޭނެ." ނިޒާރު ވިދާޅުވިއެވެ.
ނިޒާރު މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުން ދަނީ އައްޑޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން އައްޑޫސިޓީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މީގެ ކުރިންވެސް ނިޒާރުވަނީ އެކިގޮތްގޮތުން އައްޑޫގެ ތަރައްޤީއަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ހުރަސް އަޅުއްވާކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން އައްޑޫގައި ހިންގާ އުމްރާނީ މަޝްރޫޢުތަކާއެކު ތަރައްޤީގެ ރޮނގުން އެތައް ކުރިއެރުމެއް އައްޑޫސިޓީއަށް ލިބިގެންދާނެކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢާއެކު އައްޑޫން 6000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު