ރައީސުލްޖުމްހޫރިއްޔާ މަޤާމުތަކަށް ޢައްޔަނު ކުރަށްވާފައިވާ ބޭފުޅުން ސަރުކާރަށް ޖެއްސުން ކުރަށްވާނަމަ މަޤާމުން ވަކިކުރެވޭނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ ސަރުކާރު މަޤާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަޤާމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މަޤާމުތަކުގައި ތިއްބެވީ އެމްޑީޕީން ހުށަހަޅާފައިވާ ބޭފުޅުންކަމަށާއި އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ވަކި ނުކުރެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން މެންބަރު ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ސިޔާސީ ބޭފުޅުންނަށް ޙަވާލުކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް ސަރުކާރަށް ޖެއްސުން ކުރާނަމަ މަޤާމުން ވަކިކުރެވޭނެ ކަމަށެވެ.
“އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުއްޓަސް އަދި އެހެން ޕާޓީއެއްގެ މެމްބަރަކަސް މަގާމުން ދުރުކުރަން ޖެހޭނެ. ދުރުކުރެވޭނެ މުހައްމަދު ނަޝީދު މަގާމުން ދުރުނުކުރެވޭނެއޭ ވިދާޅުވިއަސް.” ޝަރީފް ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާއި ވާދަކުރަށްވައި ރައީސް ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތްފަހުން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުނުކުރާނެކަން ހާމަކޮށްފައެވެ. ނަމަވެސް އެއީ ޑިމޮކްރަސީ ދަންނަ ސިފައެއް ނޫންކަމަށް އެމްޑީޕީއާއި އެހެނިހެން ސިޔާސީ ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ވަކިނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް، ޤާނޫނުއަސާސީގައި އެބާރު ދީފައިވަނީ ހަަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު