ރ. ދުވާފަރު މަގުތަކުގައި ތާރު އެޅުމާއި، އައްޑޫ މަރަދޫ ބަނދަރުގެ ބޭރުތޮށި އަލުން ހެދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެގޮތުން ރ. ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތަށް ބޭނުންވާ ތާރާއި، އެހެނިހެން ބައެއް ސާމާނު މިއަދު ވަނީ އެރަށަށް ގެންގޮސްފައެވެ.
އެމްޓީސީސީން ބުނީ، ދުވާފަރު މަގު ހެދުމުގެ މަސައްކަތުގެ 63 ޕަސެންޓް މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށާއި، އެ ޕްރޮޖެކްޓްގެ ދަށުން ދުވާފަރުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީން ދުވާފަރުގައި މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ދުވާފަރުގެ މަގުތައް ހަދަމުން ގެންދަނީ، އޭބީސީ ލޭޔާ އަޅައިގެންނެވެ. އެ ލޭޔާގެ ސަބަބުން މަގުތައް ގިނަ ދުވަހަށް ހަލާކުނުވެ ދެމި ހުންނާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ. މީގެ ކުރިން ވެއްޔާއި ސިމެންތި ބޭނުންކޮށްގެން ބޭސް ކޯސްއެއް އެޅުމަށް ނިންމާފައިވީ ނަަމަވެސް ފަހުން ވަނީ ހިލަ ބޭނުންކޮށްގެން ބޭސްކޯސްއެއް ހަދަން ޑިޒައިން ބަދަލުކޮށްފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ދުވާފަރު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ. ދުވާފަރު ފެންހިންދާ ނިޒާމު ފަރުމާކޮށްފައިވަނީ، ހުޅުމާލެ ފޭސް 1 ގައި ބޭނުންކުރާ ނިޒާމާއެއްގޮތަށެވެ. މިޕްރޮޖެކްޓްގެ ދަށުން 25513 އަކަ މީޓަރުގެ ޑްރައިވިން އޭރިއާ އަކާއި، 6813 އަކަމީޓަރުގެ ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ތަރައްޤީ ކުރާނެއެވެ.
ދުވާފަރު މަގު ހެދުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 47.04 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރުން ، ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި އަލުން ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބަނދަރު މަސައްކަތުގައި މިހާރު ހަލުއިކަމާއި އެކު ކުރިއަށްދަނީ ބަނދަރުގެ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކަމަށާއި، މިމަސައްކަތުގެ %54 މިހާރު ނިމި، އެއްގަމު ތޮށްޓާވީ ފަޅިން ޕޭވްމެންޓު މަސައްކަތް މުޅިން ނިމިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުންކުރުމާއި، މޫދާވީ ފަޅީގައި 340 މީޓަރަށް ބޮޑު ހިލަޖެހުމާއި، ބޭރު ތޮށީގެ ބަނދަރުފަޅީގައި 276 މީޓަރަށް އެލްބޮލްކް ޖައްސައި، އެއްގަމުތޮށިން ބޭރުތޮށްޓަށް އެރުމަށް 140 މީޓަރުގެ ފާލަމެއް އެޅުމުގެ އިތުރުން ބޭރުތޮށީގައި ގައު އެތުރުމާއި އެކު ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.
25.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 165 ދުވަހުގެ ތެރޭގައި ނިންމުމަށް 30 ޖޫން 2019 ގައި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މިމަޝްރޫއުގެ އިތުރުން އައްޑޫގައި އެމްޓީސީސީން މީދޫ ބަނދަރު ހެދުމާއި، ހުޅުދޫ - މީދޫ މެދު ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ އިތުރުން ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

MC-30 bitumen and other materials needed for R. Dhuvaafaru road project were unloaded at the project site today. Work on the project, which involves the development of major roads in R. Dhuvaafaru is well underway, with overall 63% project progress. (1/3) pic.twitter.com/0fMLXIXrhy
— MTCC Plc (@MTCCPlc) June 30, 2020
އޭގެ އިތުރުން ، ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި އަލުން ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތުގެ 91 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބަނދަރު މަސައްކަތުގައި މިހާރު ހަލުއިކަމާއި އެކު ކުރިއަށްދަނީ ބަނދަރުގެ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކަމަށާއި، މިމަސައްކަތުގެ %54 މިހާރު ނިމި، އެއްގަމު ތޮށްޓާވީ ފަޅިން ޕޭވްމެންޓު މަސައްކަތް މުޅިން ނިމިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުންކުރުމާއި، މޫދާވީ ފަޅީގައި 340 މީޓަރަށް ބޮޑު ހިލަޖެހުމާއި، ބޭރު ތޮށީގެ ބަނދަރުފަޅީގައި 276 މީޓަރަށް އެލްބޮލްކް ޖައްސައި، އެއްގަމުތޮށިން ބޭރުތޮށްޓަށް އެރުމަށް 140 މީޓަރުގެ ފާލަމެއް އެޅުމުގެ އިތުރުން ބޭރުތޮށީގައި ގައު އެތުރުމާއި އެކު ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.
25.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 165 ދުވަހުގެ ތެރޭގައި ނިންމުމަށް 30 ޖޫން 2019 ގައި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މިމަޝްރޫއުގެ އިތުރުން އައްޑޫގައި އެމްޓީސީސީން މީދޫ ބަނދަރު ހެދުމާއި، ހުޅުދޫ - މީދޫ މެދު ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ އިތުރުން ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
The reconstruction of S. Maradhoo harbour breakwater is nearing completion, with overall 91% project progress. Revetment works for the project are currently ongoing, with 54% completion. We also completed paving works needed for the project in June 2020. (1/3) pic.twitter.com/eGEDMjK95Z
— MTCC Plc (@MTCCPlc) June 30, 2020
ކިޔުންތެރިންގެ ހިޔާލު