ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕޭންގެ މަސައްކަތްތައް ޕްލޭންކުރުން އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމާ ޙަވާލުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޕްލޭނިންއާ ގުޅުންހުރި މަސައްކަތްތައް ކުރެއްވުމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމާ ޙަވާލުކުރެއްވީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީން މިހާރުވަނީ އެޕާޓީގެ ޕްރައިމަރީއަށްވެސް ހުޅުވާލާފައެވެ. ޖޭޕީން އެދިފައިވަނީ އެޕާޓީގެ ލީޑަރުގެ ނިންމެވުމާ އެއްގޮތަށް ޕާޓީގެ ހުރިހާ މެންބަރުންވެސް އެ މަސައްކަތުގައި އަމީނަށް އެއްބާރުލުން ދެއްވުމަށެވެ.



ޖޭޕީން މިފަދަ ގޮތަކަށް މެންބަރުންގެ އެއްބާރުލުމަށް އެދިފައިވާއިރު ދާދިފަހުން އެމްޑީޕީގެ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމާއި ޖޭޕީން ވަނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނާ ހަމައަށް ގެންދާނެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެ ބައްދަލުވުންވެސް ޗެއަރ ކުރެއްވީ އަމީނެވެ.

މި ސަރުކާރުގެ އިއްތިހާދުގައިވެސް ހިމެނޭ ޖުމުހޫރީ ޕާޓީން މިހާރު ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން