އައްޑޫސިޓީގެ މިހާރުގެ މޭޔަރ ޢަލީ ނިޒާރާއި ރައީސް ނަޝީދަށްފަހުވެސް އައްޑޫސިޓީ އާއި ދިވެހިރާއްޖެ ދެމި އޮންނާނެކަމަށް ވިދާޅުވެ މޭޔަރ ނިޒާރަށް ރައީސް ނަޝީދު ރައްދު ދެއްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ނުކުރަށްވާނެ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރައީސް ނަޝީދަކީ ދެމޫނުގެ ވެރިއެއް ކަމަށާއި އައްޑޫ ތަރައްޤީކުރުމަށް ބޭނުންނަމަ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީގެން ނޫންގޮތަކަށް އައްޑޫ ތަރައްޤީ ކުރެވެން ނެތްކަމަށް މޭޔަރު ނިޒާރު ވަނީ ވިދާޅުވެފައެވެ.

ނިޒާރުގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީކުރެވޭނީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ދޭ ފުރުސަތަކުން ކަމަށް އައްޑޫސިޓީގެ މޭޔަރު ދެކޭނަމަ އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

"މަނިކުފާނާއި އަޅުގަނޑުގެ ފަހުންވެސް އައްޑޫ އާއި މިރާއްޖެ އޮންނާނެ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އައްޑޫ ސިޓީގެ ސިޔާސީ އިސްބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނިޒާރު ވިދާޅުވީ، ރައީސް ނަޝީދު ދެމޫނުގެ ވެރިއަކަށްވެ ހުންނަވައި ދައްކަވާ ވާހަކައަށް އިތުބާރު ނުކުރާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ނުލިބި ގަން އެއާޕޯޓްގެ ވާހަކަ ދެއްކެން ނެތް ކަމަށެވެ. އޭގެއިތުރުން ރައީސް ޞާލިޙް އައްޑޫގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތްތައް ފުރިހަމަކުރެވޭނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިގެންކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުން ދަނީ އައްޑޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން އައްޑޫސިޓީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

މީގެ ކުރިންވެސް ނިޒާރުވަނީ އެކިގޮތްގޮތުން އައްޑޫގެ ތަރައްޤީއަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ހުރަސް އަޅުއްވާކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ދިވެހި ޒުވާނުން

29-Mar-2023

ޔަގީނުންވެސް އެމްޑީޕީއަށް ޖެހި ޖެހިގެން 2 ދައުރު ލިބޭނީ އިބޫއަށް ވެރިކަން ހޯދައިދީގެން



ޓްރެންޑިން