ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރުގެ ޓީވީ ޕްރޮގްރާމެއް ހުއްޓުވިކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ދޮގުކުރަށްވައިފިއެވެ.
އަމްރުގެ ޓީވީ ޕްރޮގްރާމެއް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމުން ދެއްކުން ރައީސް އޮފީހުން އަންގައިގެން މަނާކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ރޭވަނީ ވިދާޅުވެފައެވެ. އަދި އެޕްރޮގްރާމް ހުއްޓުވުމުގައި ތަރުޖަމާނު މިޢުވާން ޢަމަލީގޮތުން ޙަރަކާތްތެރިވެ ވަޑައިގެންނެވި ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ.
ރޭގެ ޕްރޮގްރާމްގެ ރިކޯޑިންގް ހަދާ ނިންމާފައި ވަނިކޮށް އެ ޕްރޮގްރާމު ގެނެސްދިނުން މަޑުޖައްސާލީ އެސްޓީއޯގެ އެމްޑީ އަމްރުގެ ޕްރޮގްރާމަކަށްވުމުން ރައީސް އޮފީހުގެ އެންގެވުމަށް ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން މިޢުވާން "ރަސް އޮންލައިނަށް" ވިދާޅުވީ އެފަދަ ކަމެއް އޭނާ ނުކުރަށްވާ ކަމަށާއި އަދި އެފަދަ މަޢުލޫމާތެއް ލިބިވަޑައިގެންފައިވެސް ނެތް ކަމަށެވެ.
މި މައްސަލާގައި ޕީއެސްއެމުން ބުނެފައިވަނީ، އަމްރުގެ ޕްރޮގްރާމެއް ނުގެނެސްދިނުން އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށާއި، ނަމަވެސް ރޭ 21:00 ގައި ޕީއެސްއެމުން ގެނެސްދިނުމަށް ހަމަޖެހިފައިއޮތް "ރާއްޖެ މިއަދު" ޕްރޮގްރާމް ރިޝެޑިއުލް ކުރިކަމަށެވެ.
މިކަމެއް ހިނގާފައި މިވަނީ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އަމްރު އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާތީ، އަމްރު މަޤާމުން ވަކިކުރުމަށް ރައީސް ޞާލިޙްގެ ސަޕޯޓަރުން ގޮވާލަމުން ގެންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު