ހުޅުމާލޭގައި މަސައްކަތްކުރާ އިންޑިއާގެ ކުންފުންޏެއްގެ މުވައްޒަފުން ހަޅުތާލުކުރަމުން ގެންދާތީ، އެ މުވައްޒަފުންގެ ޙާލަތު ގާތުން ބަލަމުން ގެންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ ޖޭ.އެމް.ސީގެ މުވައްޒަފުން ހަޅުތާލުކުރަމުންދަނީ އެމީހުންގެ މުސާރަ ނުދޭތީއާއި ކެއިން ބުއިމުގެ ކަންތައްތައް އެކަށީގެންވާ ގޮތަކަށް ހަމަޖައްސާފައި ނުވާތީ އެވެ. އެމީހުން މަސައްކަތް ހުއްޓާލިފަހުން 3 ދުވަސް ވަނީ ވެފައެވެ.

އެކަމާގުޅިގެން އެޗްއާރްސީއެމުން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ޖޭ.އެމް.ސީ ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަޅުތާލުކުރުމާ ގުޅިގެން މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަށް އެކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ރޭގެ ވަގުތެއްގައި ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.



ހުޅުމާލެ ފޭސް ދޭއްގައި 2،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ޖޭއެމްސީއާ ހަވާލުކުރީ ފަހިދިރިއުޅުން ކޯޕަރޭޝަނުން މިދިޔަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން