ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުންގެންދާ ޣާޒީ ބިލްޑިންގ ތަޅާލައި އެބިމުގައި ޕާކިން ޒޯނެއް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ބުނެފައިވަނީ ޣާޒީ ބިލްޑިންގ ވަރަށް ބޮޑަށް ބާވެ، ބޭނުން ނުކުރެވޭވަރު ވެފައިވާތީ އެއިމާރާތް އަންނަ ޖޫން މަހުގެ 20 ގެ ނިޔަލަށް ތަޅާލުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ އެޢިމާރާތުގައި ހިންގަމުންދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އޮޑިޓަ ޖެނެރަލްގެ އޮފީސް ހުސްކުރުމުގެ މަސައްކަތް ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. ސަރުކާރުން ނިންމާފައިވަނީ އެބިމުގައި ޕާކިންގ ޒޯނެއް ތަރައްޤީ ކުރުމަށެވެ.

މީގެކުރިން ސަރުކާރުން ވަނީ އެސަރަޙައްދުގައި ހުރި ހުރަވީ ބިލްޑިންގ ތަޅާލައި އެތަނުގައިވެސް ޕާކިންގ ޒޯނެއް ތަރައްޤީ ކޮށްފައެވެ. ހުރަވީ ބިލްޑިންގ އާއި ޣާޒީ ބިލްޑިންގ ޢިމާރާތް ކޮށްފައިވަނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގ ހުންނަ ގްރީން ޒޯންގައެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދާދިފަހުން ހުޅުމާލޭގައިވެސް ވަނީ ސަރުކާރުގެ އޮފީސް ބިލްޑިންގެއް ޢިމާރާތް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން