މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަދެ ހުސްކުރަން މަސައްކަތް ކުރި ބިމަކީ ސަރުކާރުން ކުޅިވަރު ކުޅޭ އިމާރާތެއް އެޅުމަށް ޔޫތު މިނިސްޓްރީއަށް ޙަވާލުކޮށްފައިވާ ބިމެއްކަމަށް އެމިނިސްޓްރީން މިއަދު ބުނެފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ ކުރިން ރުމާލު 2 ޖަގަހަ ހުރި މާލޭގެ 353 ނަންބަރު ކޮށްޓަކީ ކުޅިވަރުގެ ބޭނުންތަކަށް ކަނޑައަޅައި 2019 މެއި 15 ގައި ޕްލޭނިން މިނިސްޓްރީން ޔޫތު މިނިސްޓްރީއަށް ހަވާލުކޮށްފައިވާ ބިމެއް ކަމަށެވެ. އެގޮތުން އެ ބިމުގެ ޑިވެލޮޕްމަންޓު ކޮންޓްރޯލް ވެސް ޔޫތު މިނިސްޓްރީއަށް ދީފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޔޫތު މިނިސްޓްރީން ބުނީ ރުމާލު 2 ޖަގަހަ ހުރި ބިމުގައި އަޅާ ވޮލީބޯޅަ އިންޑޯ އިމާރާތުގެ ކޮންސެޕްޓު ކުރެހުން ޖޫން 23، 2021 ގައި ޕްލޭނިން މިނިސްޓްރީން ފާސްކޮށްދީފައިވާ ކަމަށާއި ޑީޓެއިލް ކުރެހުން ފާސްކޮށްދިނުމަށްޓަކައި ގުޅުންހުރި ހުރިހާ ލިޔުންތަކާއެކު ކައުންސިލަށް ހުށައެޅިނަމަވެސް މިހާތަނަށް އެކުރެހުން ފާސްކޮށްދީފައި ނުވާ ކަމަށެވެ.
އޭގެއިތުރުން 16 ޖެނުއަރީ 2022 ގައި މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗާއިން ޔޫތު މިނިސްޓްރީއަށް ފޮނުވި ޗާޓުގައިވެސް އެބިމަކީ ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއްކަން ސާފުކޮށް އެނގޭ ކަމަށާއި މީގެ ކުރިން އެއްވެސް މަރުހަލާއެއްގައި އެއީ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް އެ ކައުންސިލުން ބުނެފައި ނެތް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މިމައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅު ހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް މާލޭ ސިޓީކައުންސިލުން ގެންގޮސްފައިވާ ކަމަށެވެ. އެމައްސަލަ އެ މިިނިސްޓްރީން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު