ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ދަޢުލަތުގެ މާލީ ވުޒާރާއިން އިޢުލާނު ކޮށްފިއެވެ.
އަތޮޅުތަކުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ގާއިމްކުރުމުގެ މަސައްކަތް އެކި ރަށްރަށުގައި ކުރިއަށްދެއެވެ. މީގެއިތުރުން އައުޓް ޑޯ އަދި އިންޑޯ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ސަރުކާރުން ގެންދަނީ ހަމަޖައްސަމުންނެވެ.
މާލީ ވުޒާރާއިން އިއްޔެ ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދިލެއްވުމުގެ މަތިން، އިންޑިޔާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގްރާންޓްގެ ދަށުން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މާލީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.
މާލީ ވުޒާރާއިން ބުނީ މި ބީލަން ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލާއި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާއި އެއްގޮތަށް ކަމަށެވެ.
އެގޮތުން މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށް މާލީ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 60,000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް މާލީ ވުޒާރާގެ އިޢުލާނުގައިވެއެވެ.
ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްގެ ބީލަން ހުޅުވުން އޮންނާނީ 19 އެޕްރީލް 2023 ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު