ހުޅުމާލޭ ފޭސް 1 ގައި ޢިމާރާތްކުރާ ސިފައިންގެ “ސިފްކޯ ހިޔާ” ފްލެޓްތައް ނިންމަން އައު ތާރީޚެއް ދީފިއެވެ.
ސިފްކޯއިން ބުނީ ޗައިނާގެ ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕުން ހުޅުމާލެ 1 ގައި އިމާރާތްކުރާ ސިފައިންގެ ފްލެޓްތައް ނިމޭނީ މި އަހަރުގެ ޖުލައިގައި ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ފެން މީޓަރުތަކާއި ފަޔާ ހޮޅިތައް ހަރުކުރުމުގެ މަސައްކަތްކަމަށް ސިފްކޯއިން ވަނީ ބުނެފައެވެ.
ސިފްކޯއިން ބުނީ ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށާއި ފްލެޓްތަކުގެ އެއްބަސްވުންތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ހުޅުމާލޭގައި ޢިމާރާތްކުރާ ސިފައިންގެ ތިން ޓަވަރުގައި ތިން ކޮޓަރީގެ 330 ފްލެޓާއި 20 ޕެންޓް ހައުސް ހުންނާނެ ކަމަށް ސިފްކޯއިން ކުރިން ބުނެފައި ވެ އެވެ. އެގޮތުން ޕެންޓް ހައުސް ދޫކުރުމުގައި އިސްކަންދޭނީ އިސް އޮފިސަރުންނަށް ކަމަށް ސިފްކޯއިން މަޢުލޫމާތުދެއެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި ނޮވެމްބަރު 26، 2014 ގައި ސިފައިންގެ ފްލެޓުތަކުގެ ބިންގާ އެޅީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ސިފްކޯ ހިޔާ 330 ފުލެޓް އިމާރާތުގެ އަމަލީ މަސައްކަތް ދިގު މުއްދަތަކަށް ހުއްޓިފައި ވަނިކޮށް، އެޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަލުން ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހު ޚާއްސަ އިސްކަމެއް ދެއްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު