މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
18 އަހަރު ވަންދެން އެމްޑީޕީން މަސައްކަތް ކުރީ ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށް ސަރުކާރަށް ގޮވާލައި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އީވާ މިއަދު ވިދާޅުވީ އެމްޑީޕީއަށް ކޯލިޝަން ޕާޓްނަރަށްވުރެ މުހިންމުވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ.

އީވާ ވިދާޅުވީ އެމްޑީޕީން ވޭތުވެދިޔަ 18 އަހަރު މަސައްކަތްކުރީ ރިޔާސީ ދެވަނަ ދައުރެއް ނުލިބިގެން ނޫންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް ލިބޭ އިންޒާރުތަކަށް ސަމާލުކަން ނުދިނުމުގެ ނަތީޖާ ނޫސްވެރިޔާ ރިލްވާނާއި، ނޫސްވެރިޔާ ޔާމީންގެ ޙާދިސާއަށް އެކަނި ބަލާލުމުންވެސް ފާހަގަވާކަމަށް އީވާ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މިނިވަންކަން ހޯދައިދިނުމަކީ އެމްޑީޕީގެ ފަލްސަފާއެއް ކަމަށާއި ނަމަވެސް އެމްޑީޕީގެ މިވެރިކަމުގައި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 15 ދަރަޖަ ދަށަށް ވެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އީވާ ވިދާޅުވިއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއެއް ކަމަށްވާ ދައުރު ނޫހުގެ ނޫސްވެެރިޔާ އަހުމަދު ނާއިފަށް އިންޒާރު ދިން މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ހިލްޓަން މައްސަލައިގެ ރިޕޯޓާ ގުޅޭ ގޮތުން އެ ނޫހުގެ އެޑިޓަރަކަށް ގުޅައި އެ ރިޕޯޓް ނަގަން މައްސަލައިގެ މަސްލަޙަތުއޮތް ފަރާތަކުން އިންޒާރު ކުރެއްވި ކަމަށެވެ.

އަދި އޭގެ ފަހުން އެ ނޫސްވެރިޔާއަށް ވަނީ އިންޒާރުގެ މެސެޖުތަކެއް ލިބިފައެވެ. ނާއިފާއި ނޫހުގެ ސީނިއާ އެޑިޓަރަށް ފޮނުވި މެސެޖުގައި އެ ދެމީހުންނާ "މަގުމަތިން ދިމާކޮށްލާނެ" ކަމަށް ބުނެފައި ވެއެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

އާޒިމްގެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 18 މެންބަރުންގެ ވޯޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން