ސިވިލްކޯޓުގެ ޤާޟީ ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން މިއަދު ބުނީ ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކުރުމަށްޓަކައި ސިވިލް ކޯޓުގެ ޤާޟީ ފަރުހާދު ރަޝީދު ރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
އޭސީސީއަށް ހުށަހަޅާފައިވާ އެމައްސަލައާ ގުޅިގެން މީޑިއާގައި ދައުރުވި ޚަބަރުތަކުގައި ފަނޑިޔާރަށް ބޮޑެތި ތުހުމަތެއް ކޮށްފައިވާތީ އެކަމުގެ ޙަޤީޤަތް އެކޮމިޝަނުން ބަލާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
"މައްސަލަ ބެލިބެލުމުން، ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ޝަކުވާގެ އެއްވެސް ހެއްކެއް އަދި މި ޝަކުވާއަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައިނުވާތީ، މި ޝަކުވާއަކީ ސައްޚަ ޝަކުވާއެއް ކަމަށް ކޮމިޝަނަށް ނުފެންނާތީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާނެ ޖާގައެއް ނެތްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ." ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނުގައިވެއެވެ.
ޖޭއެސްސީން ވަނީ ސާބިތު ނުހިފޭ މިފަދަ ތުހުމަތުތައް މީޑިއާތަކުގައި ގެނެސްދިނުމުގައި ފަނޑިޔާރުންގެ އިއްޒަތާއި އަބުރަށް އުނިކަމެއް ނާންނާނެހެން ޒިންމާދާރު ކަމާއެކު ޚަބަރުތައް ގެނެސްދިނުމަށް މީޑިއާތަކަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު