ޝަރުތު ހަމަވާ 5 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ފިޔަވައި ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އެމްއެންޕީ އަށް ފައިސާ ދޫކުރަން ފޮނުވާފައި ނުވަނީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ ކަމަށް އީސީން މަޢުލޫމާތުދެއެވެ.
މި އަހަރު ފައިސާ ދޫކުރައްވަން ޝަރުތުހަމަވި ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްއެންޕީ، އަދި އަދާލަތު ޕާޓީއެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުވެސް އެންމެ ބޮޑު ބަޖެޓެއް ދޫކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށެވެ. މި ގޮތުން އެ ޕާޓީއަށް 14،212،790.92 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 9،544،204.46 ރުފިޔާއެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީއަށް 5،680،521.16 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީއޭ އަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2،591،106.24 ރުފިޔާއެވެ. އަދި އެމްއެންޕީއަށް 2،434،979.29 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު އަދާލަތު ޕާޓީއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2،412،485.93 ރުފިޔާއެވެ.
ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ދަޢުލަތުގެ ބަޖެޓުން ތިރީސް ހަމިލިއަން އަށްސަތޭކަ ނުވަދިހަ ހަހާސް އަށްޑިހަ އަށް ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. މި ޢަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު