މާލެ ސިޓީ ކައުންސިލުން ބަހަމުންދާ ކޮންމެ ކާށިޕެކޭޖެއްގައި 10 ކާށި ހިމެނުމަށް ކައުންސިލްގެ ބައްދަލުވުމުގައި ނިންމައިފިއެވެ.

މީގެކުރިން ކޮންމެ ޕެކޭޖެއްގައި ހިމަނާފައިވަނީ 5 ކާއްޓެވެ. ނަމަވެސް ކައުންސިލުން މިހާރު ނިންމާފައިވަނީ އެ ޢަދަދު 10 ކާއްޓަށް ބަދަލު ކުރުމަށެވެ.

ހަމައެއާއެކު ކުރިން ކާށި ބެހުމަށް ނިންމާފައިވާ ގޮތަށް ބަދަލު ގެނައުމަށްވެސް ސިޓީ ކައުންސިލުން ނިންމާފައިވެއެވެ. ކުރިން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ފުރަތަމަ 5 ދުވަހު ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކާށި ދޫކުރުމަށެވެ.

އެހެންނަމަވެސް މިއަދުގެ ޖަލްސާގައި ވަނީ 5000 ކާށި ފަގީރުންގެ ލިސްޓުގައި ތިއްބެވި ބޭފުޅުންނަށް ހާއްސަކުރުމަށްފަހު މާލޭގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ވެސް މި 5 ދުވަހުވެސް ކާށި ބެހުމަށެވެ.

ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 13:30 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށެވެ.

ރޯދަ މަހާ ދިމާކޮށް ކާށީގެ އަގު ވަރަށް ބޮޑުވެފައި ވަނިކޮށް އެސްޓީއޯއިން ވަނީ ކާށި އިމްޕޯޓްކޮށްފައެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ވަނީ 35000 ކާށި ހަދިޔާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން