އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެގިކަމަށް ބުނެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް ކުރި ދައުވާއަކީ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ ޕީޖީ އޮފީހުން މިހާރުވަނީ އަނބުރާ ގެނެސްފައެވެ. އަދި އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ އެކަށީގެންވާ މިންވަރަަށް ހެކި ނެތުމުން، އެ މަައްސަލަަ ސާބިތުވާނެކަމަށް ނުފެންނާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހުލޫފް ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އޭނާއަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިޔަކަން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އަންގާފައިނެތް ކަމަށެވެ. ނަމަވެސް އެއީ އޭނާއަށް ލަނޑެއް ދިނުމަށް ބަޔަކު ރާވައިގެން ކުރިކަމެއް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.
މަހުލޫފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
އެގޮތުން އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މަޚްލޫފަށްދިން 33،000 (ތެއްތިރީސް ހާސް) އެމެރިކާ ޑޮލަރު، މަޚްލޫފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތްތައް ފަށަން މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ތާވަލުކުރިނަމަވެސް އެކި ސަބަބުތަކާ ހެދި ޝަރީޢަތްތައް ވަނީ ކެންސަލްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި މީގެކުރިން ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާ ވަނީ ބޭރުކޮށްލާފައެވެ. ކްރިމިނަލް ކޯޓުން މަހްލޫފްގެ މައްސަލަ އެ ފަހަރު ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫންކަމަށް ކަނޑައެޅުމަށްފަހުއެވެ.
ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުުމުން ހައި ކޯޓުން ނިންމީ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ދައުލަތުން ހުށަހަޅާފައިވާ މުހިންމު ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތްނުކޮށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައިކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ.
މި މައްސަލައިގައި މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމުން ވަޒީރުކަމުގެ މަޤާމުން އޭނާ ސަސްޕެންޑްުވެސް ކުރިއެވެ. ނަމަވެސް މައްސަލަ ކުރިއަށްނުދާތީ އޭނާގެ ސަސްޕެންޝަން ސަރުކާރުން ފަހުން އުވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު