ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާގެ ވޮޝިންގްޓަނަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ، ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ މިމަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ. ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަލްނަރަބަލް 20 (ވީ20) މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ މިފަހަރުގެ ޝިޢާރަކީ "ފްރޮމް އަކްރާ ޓު މަރަކެޝް: އެޑްވޮކޭޓިން ފިޓް ފޯ ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗާ އެންޑް ޑިވެލޮޕްމަންޓް ޕޮޒިޓިވް ކްލައިމެޓް އެކްޝަން." އެވެ.
ކްލައިމެޓް ވަލްނަރަބަލްއާ ގުޅިގެން ބާއްވަމުން އަންނަ މި ފޯރަމުގެ ދައުވަތު ރައީސް ނަޝީދަށް އެރުވީ ވީ20ގެ ރިޔާސަތު ބަލަހައްޓާ ގާނާގެ މިނިސްޓަރު އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިން އެޗްއީ ކެނެތް އޮފޯރިއަޓާއެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދު އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު