ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ތާރުއަޅަން ބޭނުންކުރާ ވެހިކަލެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގާފައިވާ މި ހާދިސާގައި ރޯވެފައިވަނީ އެއާޕޯޓުގައި މަސައްކަތްކުރާ ބީޔޫސީޖީގައި ބޭނުންކުރާ ތާރު އަޅާ ވެހިކަލެއްގައެވެ.

ބީޔޫސީޖީގެ މަސައްކަތު ސައިޓެއްގެ ތެރޭގައި ހިނގާފައިވާ މިޙާދިސާގައި ރޯވި އަލިފާން ނިއްވައިލީ ބީޔޫސީގެ ވެހިކަލެއް ބޭނުންކޮށްގެންނެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެއާޕޯޓްގެ ފްލައިޓް އޮޕަރޭޝަނަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލުން މަޢުލޫމާތުދެއެވެ.

މިކަމާގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ ވީއައިއޭގެ އެއަރޕޯޓް ފަޔަރ އިމަޖެންސީތަކުގައި ޙަރަކާތްތެރިވާނީ އެއައޕޯޓް ފަޔަރޓީމްތަކުން ކަމަށްވާތީ އެފަދަ ހާދިސާތަކުގެ މައުލޫމާތު މީޑިއާއަށް ދެއްވާނީ އެފަރާތުންކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްވެފައި ނުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން