ކްރިމިނަލް ކޯޓުގެ ޤާޟީ ހަސަން ނަސީބަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ޤާޟީ ނަޖީބުގެ މައްޗަށް ކުރަނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގއ. އަތޮޅު ކައުންސިލްގައި، ވިލިނގިލީ ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތް ކުރެއްވުމެވެ. އަދި އެ ކެންޑިޑޭޓު ނިސްބަތްވާ ސިޔާސީ ޕާޓީ އަށް މީހަކު ލައްވައި ސޮއިކުރުމުގައި ޤާޟީ ނަޖީބު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
މީގެ އިތުރުން، އެ އިންތިޚާބުގައި، ބައިވެރިވެވަޑައިގެންނެވި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލް ކުރުމަށް ވެސް ޤާޟީ ނަޖީބު މަސައްކަތް ކުރެއްވި ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމުގައި ޤާޟީ ނަޖީބު ވާހަކަ ދެއްކެވި ކަމަށް ޖޭއެެސްސީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ތަހުގީގީ އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައިވާ ގާނޫނީ އަސާސްތަކާ ޚިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި ޤާޟީ ނަޖީބު އަމިއްލަ ގޮތުން ކޯޓު އަމުރު ނެރުނުކަން ސާބިތުވެފައިވާ ކަމަށް ޖޭއެެސްސީން ބުންޏެވެ. އެހެންވެ، އޭނާގެ އެ އަމަލުތަކަކީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަންކަން ކަމަށް ވާތީ، ފަނޑިޔާރުކަމުން ވަކިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ޤާޟީ ނަޖީބުގެ މައްސަލަ ފޮނުވަން ނިންމީ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޤާޟީ ނަޖީބަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދިނުމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނަށް ކުރި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ ޝަރީއަތް ހިންގެވި ފަނޑިޔާރެވެ. ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ނަޖީބު އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ އޭޕްރީލް 30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު