ވިޔަފާރިވެރިޔާ އަދި އިޖުތިމާޢީ ޚިދުމަތްތެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ބަހަން ހަދިޔާކުރެއްވި 35000 ކާށި ބަހައި ހުސްވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އުއްޗު ހަދިޔާކުރެއްވި ކާށީގެ ތެރެއިން 5000 ކާށި ސިޓީކައުންސިލުން ބަހާފައިވަނީ ފަގީރުންގެ ލިސްޓުގައި ތިއްބެވި ބޭފުޅުންނަށެވެ. މާލެސިޓީ ކައުންސިލުން މިއަދު ބުނީ ޗަމްޕާ ބްރަދާސްގެ ފަރާތުން ހަވާލުކުރެއްވި ކާށިތައް ރައްޔިތުންނަށް ބަހައި ހުސްވެފައިވާތީ ކާށިބެހުން މެދު ކަނޑައިލައިފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މާދަމާ އިތުރު 15،000 ކާއްޓާއި ކަރާ އެކައުންސިލަށް ލިބޭނެކަމަށެވެ. އަދި އެތަކެތި ލިބުމުން ބެހުމުގެ މަސައްކަތް ފަށާނެކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

ކާށި ބެހުން ކުރިއަށް ގެންގޮސްފައިވަނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 13:30 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށެވެ.

ރޯދަ މަހާ ދިމާކޮށް ކާށީގެ އަގު ވަރަށް ބޮޑުވެފައި ވަނިކޮށް އެސްޓީއޯއިންވެސް ވަނީ ކާށި އިމްޕޯޓްކޮށްފައެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ފަރާތުން، މާލޭގެ ރައްޔިތުންނަށް ވަނީ 35000 ކާށި ހަދިޔާ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން