މުދަލުގެ އަގު ބޮޑުވަނީ އިމްޕޯޓްކުރާ މުދަލުގެ އަގުބޮޑުވުމުގެ ސަބަބުންކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
އަބްދުލް ޣަފޫރު މިމޭރުމުން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ ޤަރާރަށް ބަހުސް ކުރަށްވަމުންނެވެ.
ޣަފޫރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަށް އުފުލިފައިވާކަމަށާއި އެގޮތަށް އެކަން މެދުވެރިވެފައިވަނީ ކޮވިޑްގެގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ޙާލަތު ހަމައަކަށް ނޭޅުމާއި ރަޝިއާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ އިންފްލޭޝަން މިހާރު ހުރިވަރުގައި ހިފެހެއްޓިފައި ވަނީ ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުންކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ތަކެތީގެ އަގު 15 އިންސައްތައާ ހަމައަށް އުފުލިފައިވާ ކަމަށެވެ. އަދި ތަކެތީގެ އަގު އުފުލިފައި ވަނީ ޖީއެސްޓީ ބޮޑުކޮށްގެން ނޫން ކަމަށާއި، ޖީއެސްޓީ ބޮޑުކުރުމުން ދިރިއުޅުމުގެ އަގުތައް އުފުލިފައިވާ ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ޣަފޫރު މިއަދު ވިދާޅުވިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓް ވަނީ ބޮޑުވެގެން ގޮސްފައެވެ. އަދި އެކަމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގު އުފުލަމުންދާ ކަމުގެ ޝަކުވާ ޢާއްމުން ދަނީ ކުރަމުންނެވެ.
ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލިފައިވަނީ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު މައްޗށް އުފުލުމާއި ދަތުރުފަތުރާއި އުފުލުމުގެ އަގުތައް މައްޗަށް ދިއުމާއި ޚިދުމަތުގެ އަގުތަކާއި ޓެކުހަށް އައި ބަދަލު ތަކުގެ އިތުރުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ ހަމަ އަގު 17 އިން މަތީގައި ހިފެހެއްޓިފައި ހުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު