ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލުމަށާއި، އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ދަރަވަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފްގެ މައްސަލާގައި ޖޭއެސްސީން ބުނެފައިވަނީ، ދަރަވަންދޫ ކޯޓަށް ހުށަހެޅުނު، އެކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފް ތަނާޒުލް ވާންޖެހޭ ކަމެއްގައި، އެކަމުން ތަނާޒުލް ނުވެ، ކުރިއަށް ގެންދިޔަކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، އެމައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމެޓީއެއް ޖޭއެސްސީން އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

އަދި އުކުޅަހު ކޯޓުގެ އިސްމެޖިސްޓްރޭޓް މުއާވިޔަތުގެ މައްސަލާގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ، އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅި ފަރާތަކާ، އެ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް ބައްދަލުކޮށް ހަދާފައިވުމާއި، އަދި ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ވައިބަރ މެދުވެރިކޮށް ވާހަކަދެކެވިފައިވާ ކަމަށާއި ކޯޓަށް މައްސަލަ ބަލައިގަތުމާއި މައްސަލަ ކުރިއަށް ގެންދިއުމުގައި، މައްސަލަ ހުށަހެޅި ފަރާތަށް މުއާވިޔަތުގެ ފަރާތުން މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަން އެ ކޮމިޝަނުން ހިންގި ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ނިންމުމުގައި ވެއެވެ.

އެހެންކަމުން މުއާވިޔަތުގެ މި އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 5، 6، އަދި 9 ވަނަ ނަމްބަރާއި، ފަނޑިޔާރުންގެ ސްލޫކީ މިންގަނޑުގެ 2.2، 4.4، 1.8، 3.1 އަދި 3.2 ވަނަ ނަމްބަރާ ހިލާފް އަމަލަކަށް ވާތީ، ޖުޑީޝަލް ސަރވިސް ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން، އަހުމަދު މުއާވިޔަތު ގާސިމަށް ނަސޭހަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހާއެކު ޖޭއެސްސީން ކުރަމުން އަންނައިރު މިއީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންންެވެ. މި ސަރުކާރު ވެރިކަމަށް އައީ ފަނޑިޔާރުގެތައް އިސްލާހުކުރާނެ ކަމުގެ ވައުދާ އެކުގައެވެ. އަދި އެމްޑީޕީގެ އެޖެންޑާ-19 ގައި ވެސް އެންމެ އިސްކަން ދީފައިވާ އެއް ކަމަކީ އިންސާފު ޤާއިމްކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން