ޖަލު އެންޓަނާ މެދުވެރިކޮށް ދިރާގާއި އުރީދޫއަށް ލިބޭ މަޢުލޫމާތު ފުލުހުންނަށް ނުދޭ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖަލުގައި ހިންގާ ސްކޭމް ފޯނުކޯލުތައް ހުއްޓުވުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ލިޔުމުން ސާފުކުރެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ގައިދީން މޯބައިލް ފޯނު ބޭނުންކޮށްގެން ހިންގާ އެކިއެކި ކުށްތައް ހުއްޓުވުމަށް ޖަލު ސަރަހައްދުގައި މިއަހަރު އެންޓަނާޢެއް ހަރުކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް އެންޓަނާއިން ލިބޭ މައުލޫމާތު ޖަމާކުރެވެނީ ނެޓްވާކް އޮޕަރޭޓަރުންގެ ސާވަރ ތަކަށްކަމުން، އެ މައުލޫމާތުތައް ހޯދަން ޖެހެނީ ދިރާގާއި އުރީދޫ މެދުވެރިކޮށްކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އެފަރާތްތަކުގެ އެއްބާރުލުން ފުލުހުންނަށް ނުލިބޭކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެމަޢުލޫމާތު ފޯރުކޮށްދިނުން ލާޒިމްކުރާ ޤާނޫނެއްގެ މުހިންމުކަން އިމްރާން ފާހަގަކުރެއްވިއެވެ.
"އެފަރާތްތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް ކޯލް ރިކޯޑްތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ދެމުންނުދާތީއާއި އަދި ފޯރުކޮށްދޭ މައުލޫމާތުތައް އެކި ފޯމެޓްތަކުގައި ހުރުމުން އެކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވޭ." އިމްރާންގެ ޖަވާބުގައިވެއެވެ.
އިމްރާން މިއަދު ވިދާޅުވީ މިހާތަނަށް ޖަލުގައި ބޭނުންކުރި 10 އައިޕީ އާއި 12 ވެބްސައިޓް ބްލޮކްކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ޖަލުގައި ބޭނުންކުރި 431 ނަންބަރެއް ބްލޮކްކޮށް، 365 އައިއެމްއައިއީ މިއަހަރުގެ މިހާތަނަށް ބްލެކްލިސްޓްކޮށްފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު