އއ. ރަސްދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތް މިމަހު އެވޯޑްކުރެވޭނެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، އެ މަސައްކަތުގެ ބިޑު ހުޅުވައި އިވަލުއޭޓްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މަސައްކަތް ހަވާލުކުރުމުގެ ކުރިން ކުރިއަށްގެންދާ ނެގޯޝިއޭޝަންގެ މަސައްކަތް ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ، ނެގޯޝިއޭޝަންގެ މަރުހަލާ ނިމުމުން މަސައްކަތް ހަވާލުކުރާ ފަރާތަކަށް އއ.ރަސްދޫގެ މަޝްރޫޢު އެވޯޑްކުރާނެ ކަަމަށެވެ. އަދި މަޝްރޫއު އެވޯޑްކުރުމުގެ މަސައްކަތް އެޕްރިލް މަހުގެ ތެރޭގައި ކުރުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އޭގެ އިތުރުން އއ. ތޮއްޑޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހެލްތު ސެންޓަރު ޢިމާރާތްކުރުމުގެ ބިޑުގެ މަސައްކަތް ލަސްވީ ޓެކްނިކަލް ޑޮކިއުމެންޓްތަކަށް ބަދަލު އައުމުން ކަމަށްވެސް މިނިސްޓަރ އަމީރު މިއަދުގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.
ރަސްދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިން ޔުނިޓް އަޅައި ދިނުމުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޭޕްރީލްމަހުއެވެ. މިއީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރަށްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު