އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ އިބްރާޙިމް ޝާޒް
އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ އިބްރާޙިމް ޝާޒް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ މަޤާމަށް ޤާނޫނީ ހަމަތަކުގެ މަތިން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒް އިންތިޚާބުވެފައިވާކަން އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގުރައިދޫ ދާއިރާގެ ދާއިމީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 49.96 އިންސައްތައެވެ. އަދި ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ހުސެން ރިޟާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 45.51 އިންސައްތައެވެ. މީގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އަރީފަށް 122 ވޯޓު ލިބުނުއިރު އެއީ ވޯޓުލީ މީހުންގެ 4.53 އިންސައްތައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3423 މީހުންނަށް ލިބިފައިވާއިރު އޭގެތެރެއިން 2755 މީހުންވަނީ ވޯޓުލާފައެވެ. އެއީ 80.48 އިންސައްތައެވެ. ސައްހަ ވޯޓުގެ ގޮތުގައި 2694 ވޯޓު ގުނާފައިވާއިރު ބާތިލު ވޯޓުގެ ގޮތުގައި 61 ވޯޓުވަނީ ގުނާފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މީގެކުރިން އެއްވެސް އިންތިހާބެއްގައި މާލެ އަތޮޅުގެ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން ގުރައިދޫ ގޮނޑި ކާމިޔާބުވުމަކީ އެމްޑީޕީއަށް ވަރަށް ތާރީހީ މޮޅެކެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޛް އިބްރާހީމް ރިޟާ ކެންސަރުގެ އާލާސްކަންފުޅެއްގައި ފެބުރުއަރީ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން