ގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހިމް ޝާޒް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޤާނޫނީ ހުވައި ކުރެއްވުން އަންނަ ހޯމަ ދުވަހު އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، އިބްރާހީމް ޝާޒު މަގާމުގެ ހުވާކުރައްވާނީ 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. އަދި އެދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދެއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގުރައިދޫ ދާއިރާގެ ދާއިމީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 49.96 އިންސައްތައެވެ. އަދި ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ހުސެން ރިޟާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 45.51 އިންސައްތައެވެ. މީގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އަރީފަށް 122 ވޯޓު ލިބުނުއިރު އެއީ ވޯޓުލީ މީހުންގެ 4.53 އިންސައްތައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މީގެކުރިން އެއްވެސް އިންތިހާބެއްގައި މާލެ އަތޮޅުގެ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން ގުރައިދޫ ގޮނޑި ކާމިޔާބުވުމަކީ އެމްޑީޕީއަށް ވަރަށް ތާރީހީ މޮޅެކެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޛް އިބްރާހީމް ރިޟާ ކެންސަރުގެ އާލާސްކަންފުޅެއްގައި ފެބުރުއަރީ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު