ޕްލާސްޓިކް ކޮތަޅުން އަގުނެގުމާ ގުޅޭ އިސްލާހަށް ބަހުސްކުރުމަށް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ވިޔަފާރި މުޢާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަޞްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާގުޅިގެން ޢާއްމުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ކޮތަޅު ބޮނޑީގެ އަގު އެތައް ގުނައެއް އުފުލުމުންނެވެ.
އެކަމާގުޅިގެން ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިޞްލާޙް ހުށަހަޅުއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙްއްމަދު ރާޝިދުއެވެ. ސަރުކާރުން ބުނެފައިވަނީ ޤާނޫނަށް ގެންނަ އިޞްލާޙްތައް ފާސްވުމުން، ކޮތަޅުބޮނޑީގެ އަގު ބޮޑުވެގެންދިޔަ މައްސަލަ ޙައްލުވެގެންދާނެކަމަށެވެ.
މި އިޞްލާޙު މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ. އަދި މިހަފްތާގެ ތެރޭގައި އެ އިޞްލާޙު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި ހަފްތާގައި މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީއަށް މެންބަރުން ވަޑައިގަތުމުގެ ކުރިން އެ މަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ލާޒިމްކުރުމުން އެނިންމުމަށް އަމަލުކުރަން ފެށުމާއި ގުޅިގެން ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު