ރާއްޖޭގެ ދެކުނުގެ ރަށެއްގައި 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންބުނީ، ސައުތު ޕޮލިސް ޑިވިޝަންގައި (ގއ.އަތޮޅު, ގދ.އަތޮޅު, ފުވައްމުލައް, އައްޑޫ) ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ އެ އިދާރާއަށް މިމަހުގެ 12 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 13 ވަނަ ދުވަހު އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެ މީހާގެ ބަންދަށް ކޯޓުންވަނީ 30 ދުވަސް ދީފައެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު