ރާއްޖޭގެ ސްޓޭންޑަކީ ލިބެންވާއެއްޗެއް ދޫކޮށްނުލުންކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމަށް ރައްދު ދެއްވައިފިއެވެ.
ޗާގޯސް މައްސަލައިގައި އދގެ ކޯޓުން ގޮތެއް ނިންމެވުމުގެ ކުރިން އެކަމުގައި ސަރުކާރުން ކޯޓުގައި ނަގާފައިވާ ސްޓޭންޑް ބަދަލުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. ޗާގޮސް މައްސަލައިގާ އިޓްލޮސް އަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުން ގޮތެއް ނިންމާނީ އަންނަ ހުކުރު ދުވަހުއެވެ.
އެމްއެންޕީގެ ބަޔާނާ ގުޅިގެން މެންބަރު ޝަރީފް ވިދާޅުވީ، ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފުކަމަށާއި، ސަރުކާރުގެ ސްޓޭންޑަކީ ރާއްޖެއަށް ލިބެންވާ އެއްވެސް އެއްޗެއް ދޫކޮށްނުލުން ކަމަށެވެ.
"އެމްއެންޕީ އެބުނަނީ މި ސްޓޭންޑް ދޫކޮށްލާ ވާހަކަތޯ؟ އަޅުގަނޑުމެން ބޭނުންވަނީ 'އިން' ބަހާއިރު އަޅުގަނޑުމެންނަށް ލިބެންޖެހޭ އެއްޗެއް ލިބުން." ޝަރީފް ވިދާޅުވެފައިވެއެވެ.
އެމްއެންޕީގެ ބަޔާނުގައި ބުނެފައިވަނީ، މިމައްސަލާގައި ދިވެހި ދައުލަތުން މިހާރު ނަގާފައިވާ ސްޓޭންޑަކީ، ދިވެހި ޤައުމާއި، ދިވެހި ދައުލަތާއި، ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތަކަށް ނުހަނު ގެއްލުންވާނޭ ސްޓޭންޑެއް ކަމަށާއި އަދި މިއީ އެއްވެސް ގޮތަކުން ޤައުމުދެކެ ލޯބިވާ އެއްވެސް ދަރިއަކު އެއްބަސްވާނޭ އަދި ރުހޭނޭ ސްޓޭންޑެއްވެސް ނޫންކަމަށެވެ،
އެހެންކަމުން މި މައްސަލާގައި ޓްރައިބިއުނަލްއިން ނިންމުމެއް ނެރުމުގެ ކުރިން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށް ދިވެހި ސަރުކާރަށް ތަކުރާރުކޮށް އެމްއެންޕީން ނެރުނު ބަޔާނުގައި ގޮވާލާފައި ވެއެވެ.
އެމްއެންޕީން މިހެން ބުނި ނަމަވެސް ސަރުކާރާއި މިމައްސަލައިގައި ރާއްޖެ ތަމްސީލުކުރާ ވަކީލުންގެ ޓީމުން ކުރިން ބުނެފައި ވަނީ މިމައްސަލަ ނިމޭއިރު ރާއްޖޭގެ ސަރަހައްދުން އެއްވެސް މިންވަރެއް ނުގެއްލޭނެ ކަމަށެވެ. އަދި ރާއްޖެއިން ވަކާލާތު ކުރަނީވެސް އެ މަފްހޫމްގެ މަތީގައި ކަމަށްވެސް ވަކީލުންގެ ޓީމުން ބުނެފައި ވެއެވެ.

@nazim7878 eba govaalavvaa sarukaaruge stand badhalu kohlan. Sarukaaru ge stand varah saafu. E ee Raajje ah liben vaa evves ehcheh dhookoh nulun. MNP e bunanee mi stand dhoollaa vaahaka tho? Alhugandumen beynunvanee in bahaairu alhugandumennah liben jehey ehcheh libun
— Ibrahim Shareef (@AdduShareef) April 25, 2023
އެމްއެންޕީގެ ބަޔާނުގައި ބުނެފައިވަނީ، މިމައްސަލާގައި ދިވެހި ދައުލަތުން މިހާރު ނަގާފައިވާ ސްޓޭންޑަކީ، ދިވެހި ޤައުމާއި، ދިވެހި ދައުލަތާއި، ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތަކަށް ނުހަނު ގެއްލުންވާނޭ ސްޓޭންޑެއް ކަމަށާއި އަދި މިއީ އެއްވެސް ގޮތަކުން ޤައުމުދެކެ ލޯބިވާ އެއްވެސް ދަރިއަކު އެއްބަސްވާނޭ އަދި ރުހޭނޭ ސްޓޭންޑެއްވެސް ނޫންކަމަށެވެ،
އެހެންކަމުން މި މައްސަލާގައި ޓްރައިބިއުނަލްއިން ނިންމުމެއް ނެރުމުގެ ކުރިން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށް ދިވެހި ސަރުކާރަށް ތަކުރާރުކޮށް އެމްއެންޕީން ނެރުނު ބަޔާނުގައި ގޮވާލާފައި ވެއެވެ.
އެމްއެންޕީން މިހެން ބުނި ނަމަވެސް ސަރުކާރާއި މިމައްސަލައިގައި ރާއްޖެ ތަމްސީލުކުރާ ވަކީލުންގެ ޓީމުން ކުރިން ބުނެފައި ވަނީ މިމައްސަލަ ނިމޭއިރު ރާއްޖޭގެ ސަރަހައްދުން އެއްވެސް މިންވަރެއް ނުގެއްލޭނެ ކަމަށެވެ. އަދި ރާއްޖެއިން ވަކާލާތު ކުރަނީވެސް އެ މަފްހޫމްގެ މަތީގައި ކަމަށްވެސް ވަކީލުންގެ ޓީމުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު